ވައިގެ އުދަގުލުން ސަލާމަތްވުމަށް ދަވިއްގަނދު!

ވައިގެ އުދަގޫބޮޑުވެ ހޮޑުލެވި ވަރުބަލިކުރުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާކަމެކެވެ. ވައިގެ އުދަގޫވާނަމަ ދަވިއްގަނދު މިއީ ފަސޭހައިން ބޭނުންކުރެވިދާނެ އެއްޗެކެވެ. ދަވިއްގަނދު އަވިން ހިއްކުމަށްފަހު ސައިސަމުސަލެއްހާ މިންވަރު ހަފާލައިގެން ކާށެވެ. މިގޮތަށް ހަފައިގެން ނުކެވޭނަމަ ތާފެނާފެންތައްޓަކަށް ސައިސަމުސަލެއްގެ ދަވިއްގަނދު އެޅުމަށްފަހު ބޯލާށެވެ. ގަވާއިދުން ކެއުމުގައި ދަވިއްގަނދު ބޭނުންކުރާނަމަ ހަށިގަނޑުގައި ވައިހެދުމުގެ ފުރުސަތު ކުޑަވެއެވެ. ތިރީގައި މިވަނީ ކެއުމުގައި ދަވިއްގަނދު ބޭނުންކުރެވިދާނެ ގޮތްތަކެކެވެ. ސެލަޑް ތަވައަކަށް ދަވިއްގަނދު އެޅުމަށްފަހު މަޑުގިނީގައި ޓޯސްޓްކޮށްލާށެވެ. އެއަށްފަހު ފިނިކުރަން ބަހައްޓާށެވެ. ރަނގަޅަށް ފިނިވުމުން […]
މިއީ ޤައުމީ ހެދުމެއްތަ؟ ނޫނީ ޒަމާނީ ހެދުމެއްތަ؟

ދިވެހި އަންހެނުން ޤައުމީ ހެދުން ލުމުން ވަކިން ރީތިކަމަށް ދައްކައެވެ. ޚާއްސަކޮށް ދިގުހެދުމާއި ދިވެހި ލިބާހަކީ ދިވެހިންގެ މެދުގައިވެސް މަޝްހޫރު ހެދުންތަކެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް ފެންނަމުން ދަނީ ޤައުމީ ހެދުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކެވެ. އެމީހަކު ބޭނުންގޮތަކަށް ޤައުމީ ކުލަ ހިމަނައިގެން ހެދުން ފަހައިގެން ލަނީއެވެ. ޤައުމީ ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ފެންނަ ބައެއް ހެދުންތަކަކީ ޤައުމީ ހެދުންތަކެކޭ ބުނެވެން ނެތެވެ. ސޯޝަލް މީޑިއާގައި މިވަނީ ޤައުމީ ހެދުމާގުޅޭގޮތުން ބަހުސް ކުރެވެން ފަށައިފައެވެ. މިބަހުސް މިގޮތަށް […]