ދިވެހިންނަކީ ހިތްހެޔޮ ބައެއް، ޕާކިސްތާނަށް އެހީވުމަށް ނަމޫނާ ދައްކަމާ!

ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން ޕާކިސްތާނުގެ އަވަށްތަކުގައި ފެންބޮޑުވީ ހީވެސްނުކުރާހާ އަވަސްމިނެއްގައެވެ. ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަނޑައިގެންގޮސް ބުރިޖުތައް ހަލާކުވެ އެތައްބަޔަކު ހާލުގައި ޖެހުނެވެ. މީހުން ދިރިއުޅެމުންދިޔަ ބައެއް ގެތަށް ބިމާހަމަވެ، އަނެއްބައި ގެތަކުގައި ދިރިނުއުޅެވޭ ވަރަށް ފެންގަނޑު ބޮޑުވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި މީޑިއާތަކުގައި ވަނީ ފާހަގަކޮށްފައެވެ. މިއަހަރުގެ ޖޫން މަހުން ފެށިގެން ކުރަމުންދިޔަ ވިއްސާރައިގައި ގެދޮރު ގެއްލި ހާލުގައިޖެހުނު މީހުންގެ އަދަދު 7 މިލައަނާ ގާތްކުރާ […]
ޒީޓައިމްސް ބަދިގެ: ޕީނަޓް ބަޓަރ ކުކީސް

ބޭނުންވާތަކެތި: 4 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ ½ ޖޯޑު ހަކުރު 1 ބިސް 1 ސައިސަމުސާ ވެނީލާ އެސެންސް މިލްކް ޗޮކްލެޓް ތައްޔާރުކުރާނެ ގޮތް: ތައްޓަކަށް ޕީނަޓް ބަޓަރ އާއި ހަކުރު އެޅުމަށްފަހު ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. ބިސް އަދި އެސެންސް އަޅާފަ އެއްކޮށްލާށެވެ. އެއަށްފަހު ކުދިކޮށް ގުޅަ ހެދުމަށްފަހު، މެދުމިންވަރެއްގެ ހޫނުމިނުގައި އަވަން ބެހެއްޓުމަށްފަހު 10-12 މިނިޓް ވަންދެން ފިހެލާށެވެ. ފިހެވުމުން އޭގެ މެދުގައި ޗޮކްލެޓް ހަރުކޮށްލާށެވެ.