ރަސޫލާ ﷺ ގެ ސީރާ: އަބޫ ޠާލިބުގެ ހަޔާތްޕުޅުން ލިބިދޭ މުހިންމު ފިލާވަޅުތައް

1- މީހުން ކުރާ ކަންކަމަށް ތަބާވުމުގައި އަހަރެމެން ވިސްނަންޖެހެއެވެ. އެއީ ގިނަ މީހުންނަށް ވީކަމުގައިވީނަމަހެވެ. އަދި އެއީ އަހަރެމެންގެ މައިންބަފައިންނާއި ކާބަފައިންނަށްވީނަމަވެހެވެ. ﷲ ގެ ވަހީ ބަސްފުޅާއި ރަސޫލާ ﷺ ގެ ބަސްފުޅަށްވުރެ މުޤައްދަސް ބަސްފުޅެއްނުވެއެވެ. އެހެންފަރާތްތަކަށް ތަބާވާ މީހުންނަށް ޤިޔާމަތް ދުވަހު ޢަފޫއެއްނުކުރެވޭނެއެވެ. އެމީހުންނަކީ ކިތަންމެ މާތް ކިތަންމެ ބޮޑު ބަޔަކަށްވީނަމަވެހެވެ. ކާބަފައިންގެ ފަރާތުން ވާރުތަވާ ކަންކަމަކީ ޙައްޤުކަމުގެ ދަލީލެއްނޫނެވެ. ޙައްޤުއަންނަނީ ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުންނެވެ. މިކަމާގުޅުން ހުރި ކިތަންމެ ވާހަކައެއް ﷲ […]