އިސްރަށްވެހިންގެ ހިތްހަމަޖެހުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިއުން މުހިންމު!

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމުން އެލިބެނީ އެފަދަ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ދާއިމީގޮތަކަށް އިސްރަށްވެހިންނަށް ޚާއްސަ ހަރަކާތްތަކެއް ރަށުފެންވަރުގަވެސް ކުރިއަށް ގެންދިއުން މުހިންމެވެ. ބައެއް ރަށްރަށުގެ ކައުންސިލް ފެންވަރުގަ އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުން އިސްނަގައިގެން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަރާކްތައް ހިންގާކަން ފާހަގަކުރެވެއެވެ. މިގޮތުން ހަކުރުބަލީގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަށް 'ހެލްތް ސްކްރީނިންގ' ޕްރޮގްރާމްތައް ވެސް ދަނީ އިންތިޒާމްކުރަމުންނެވެ. ދުޅަހެޔޮކަމަށް އިސްކަންދީ ތަފާތު މައުލޫމާތުތައް ދިނުމަށް […]
އިސްލާމީ ނަޒަރަކުން ހައްދު: ޝަރީޢަތުގައިވާ ގޮތަށް ޙުކުމް ކުރުމުގައި ބިރު ނުގަތުމަށް އަމުރުކުރެއްވި

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ. އިންސާނުންގެ މަޞްލަޙަތައްޓަކައެވެ. އިންޞާފު ޤާއިމުކުރުމަށްޓަކައެވެ. މުޖުތަމަޢުގެ އަފްރާދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައެވެ. މިޙައްދުތައް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައިވަނީ ބަޔާން ކުރައްވާފައިވެއެވެ. ޝަރުޢުގައި ބަޔާންކުރައްވާފައިވާ މިޙައްދުތައް ޤާއިމުކުރެއްވުމަށް އަމުރު ކުރައްވާފައިވެއެވެ. ޙުކުމް ކުރުމުގައި މާތްﷲ ބާވާލެއްވި ޝަރީޢަތަށް ޙުކުމް ކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެހެން ގޮތަކަށް ޙުކުމް ކުރެއްވުން ޙަރާމް ކުރެއްވިއެވެ. މާތްﷲ ބާވާލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ފާސިޤެއްކަމުގައި ބަޔާންކުރައްވައި މާތްﷲ […]