އިރުގެ އައްޔަށް އެލާޖިކްވާ ލޯބިލޯބި ދެކުދިންގެ ވާހަކަ

އުފަންވާ ހުރިހާ ކުދިންނަކީ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެ ނުވަތަ ބޭނުންވާ ހުރިހާ ކަމެއް މަގުފަހިވުމުގެ ނަސީބު ލިބޭނެ ބައެއް ނޫނެވެ. އެހެންނަމަވެސް އެކަހަލަ ކުދިންނަކީ ބާކީކޮށްލައި ބޭކާރު ބަޔަކަށް ހަދައިގެންވާނެ ކުދިންނެއްވެސް ނޫނެވެ. އެކުދިންނަށް ލިބިގެންވާ ހައްގު ހޯދައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މިގޮތުން އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން އެއްބަނޑުއެއްބަފާ ދެކުދިންނަކީ އާދަޔާ ޚިލާފު ބައްޔެއް ތަހައްމަލު ކުރަމުންދާ ދެކުދިންނެވެ. 'ނިކް' އަދި 'ވެޓީ'ގެ ދެމަފިރިންނަށް ލިބިފައިވާ އުމުރުން 8 އަހަރުގެ 'އެމިލިއާ' އަދި އެމިލިއާގެ ކޮއްކޮ […]