ރަސޫލާ ﷺ ގެ ސީރާ: ހިތާމައިގެ އަހަރު

ޚަދީޖަތުގެފާނު އަވަހާރަވުން ޚަދީޖަތުގެފާނު އަވަހާރަވީ އަބޫ ޠާލިބުގެފާނު އަވަހާރަވިތާ ސާޅީހަކަށް ދުވަސް ފަހުންނެވެ. އެއީ ރަމަޟާން މަހުގެ 10 ވަނަ ދުވަހެވެ. އެކަމަނާ އަވަހާރަވިއިރު ކަށުނަމާދުކުރަން ނާންގަވައެވެ. އެހެންވެ އެކަމަނާގެ މައްޗަށް ކަށުނަމާދު ނުކުރެވެއެވެ. އެކަމަނާ ފަސްދާނުލެއްވުމުގެ ހުރިހާ ކަމެއް ކުރެއްވުމުގައި އިސްކޮށް ހުންނެވީ ރަސޫލާ ﷺ އެވެ. ރަސޫލާ ﷺ އަށް ލިބިވަޑައިގެންނެވި ހިތާމަފުޅުގެ ބޮޑުކަމުން އެކަލޭގެފާނުގެ މޫނުފުޅުން ހިނިތުންވުމެއްނެތި އެތައް މަހެއް ދިޔަ ކަމަށް އެކަލޭގެފާނުގެ ސަހާބީން ވިދާޅުވެއެވެ. އަބޫ ޠާލިބުގެފާނު ބޭރުން ރަސޫލާ […]