މި ލޯބިލޯބި ކުދިންނަށް އުފާވެރިކަން ހޯދުމަށް އެހީތެރިވަމާ

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ސަރުކާރުގެ ބެލުމުގެ ދަށުން އެކި އުމުރުގެ ކުދިން ބަލަހައްޓާއިރު، އެކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަޅާލުމާއި ލޯބި ބޭނުންވާނެ ކުދިންނެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަން ބޭނުންވާނެ ކުދިންނެވެ. އާއިލާގެ ލޯބި ނުލިބި ބޮޑުވަމުން އަންނަ މިކުދިންނަށް 'ޕިކްނިކް' ފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭ މިންވަރު ވަރަށް މަދުވާނެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން 'އެޗްޑީސީ' ގެ ސީއެސްއާރުގެ ދަށުން މިވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދީފައެވެ. ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ތުއްތުކުދިންނާއެކު […]
ކުޑައިރުގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ޖިނާނު ރާޅާއެކު ކުރާ ދަތުރު!

އެންމެ ކުޑައިރުގެ ހަނދާންތަކުން ފަށާނަމަ، އުމުރުން 25 އަހަރުގެ ޖިނާނު އަޙްމަދު ބޭނުންވީ މޮޅު ރާޅާ އެޅުންތެރިއަކަށް ވާށެވެ. ވަކިން ހާއްސަކޮށް ރަށުގައި ހުރެ ރާޅާ އެޅުމުގެ ކުޅިވަރު ފުޅާކޮށް އަމިއްލަ ގެސްޓުހައުސްއެއް ހުޅުވާ މިކަމުގެ މަންފާ ރަށަށް ހޯދައިދޭށެވެ. މިއީ ގދ. ވާދޫ އަށް، އުފަން ޖިނާނު ހިތުގައި މޫދު ކުޅިވަރަށް ހާއްސަކޮށް ރާޅާ އެޅުމަށް އުފެދިފައިވާ، ލޯބި އޭނާ ސިފަކޮށްދިން ގޮތެވެ. ޖިނާނަކީ މިއަދު ކަނޑޫމާ ރިސޯޓުގެ ސަރފް ގައިޑެއްގެ ވަޒީފާގައި ފޫހިކަމެއް، ވަރުބަލިކަމެއް […]