ދަތުގައި ނަރުގަނޑު އެޅުވުމުން ސަމާލުކަންދޭންވީ ކާނާ

ދަތުގައި ނަރުގަނޑު އެޅުވުމަކީ ފަހަކަށްއައިސް ވަރަށް އާއްމު ކަމެކެވެ. މިއީ ބައެއް ހާލަތްތަކުގައި ޑޮކްޓަރުންވެސް އިރުޝާދުދޭ ކަމެކެވެ. ގިނަ ފަހަރަށް ނަރުގަނޑު އަޅުވަނީ ދަތްތައް އެއްވަރު ކުރުމާއި، ތެދަށް ބެހެއްޓުމާއި، ދަތްތަކުގައި ހުންނަ ހުސްޖާގަ ފުރާލުމަށާއި، ދަތްތައް މާބޮޑަށް ބޭރަށް ނުކުމެ ދަތްތަކުގެ ބައްޓަން ގެއްލޭތީއެވެ. މިގޮތަށް ނަރުގަނޑު އަޅުވާލުމުން ދަތްތަކުގައި ހުންނަ އައިބުކަން ފޮރުވިގެންދެއެވެ. ނަރުގަނޑު އަޅުވައިގެން ދަތްތައް ރަނގަޅު ކުރުމަށް 1 އަހަރު ނުވަތަ 2 އަހަރުވެސް ނަގައެވެ. ބައެއްކަހަލަ ކަންކަމުގައި އެއަށްވުރެ އަވަސްވެއެވެ. […]