ފޮޓޯ: މިއީ ގުދުރަތީ ފެހިކަމުގެ ތަފާތު ރަށެއް!

ދިވެހިރާއްޖޭގެ ބައެއް ރަށްރަށަކީ ގުދުރަތީގޮތުން ތަފާތު ރީތިކަމެއް ލިބިފައިވާ ރަށްރަށެވެ. މިގޮތުން ވ. ތިނަދޫ ފާހަގަކުރެވެނީ އާބާދީ މަދު އެހެންނަމަވެސް ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ހިތްފަސޭހަ ރަށެއްގެ ގޮތުގައެވެ. ފޮޓޯ:އަޒޫ
މައިންނަށް ފެން ނުދެނީވިއްޔާ ސޫތްޕަކަށްވެސް ވެދާނެ!

'ދިވެހީންގެ ވާހަކަ' ފޮތުގައި ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ފަޟީލަތުއްޝައިހު ހުސައިން ސަލާހުއްދީން ލިޔުއްވައިފައިވާ ޢިބްރަތްތެރި ލިޔުއްވުމެއްގައި ވެއެވެ. ބިންމަތީގައި ވަޅުޖަހައިގެން އުޅޭ، ހިންޗިއެއްގެ ދިގުމިން ހުންނަ މާބަނޑުބޮޑުކޮށް އޮންނަ ހަފައި ފަޅައިފައި ހުންނަ އެއްޗަކަށް ދިވެހީންގެ މީހުން އިހުއްސުރެ ކިޔައި އުޅެނީ މައިންނަށް ފެން ނުދޭ ސޫތްޕެވެ. މިވާހަކައާއި މެދުގައި އެމީހުން ކިޔައިއުޅޭގޮތަކީ ދަރިޔަކުގެ މަޔަކު ބަލި ހާލުގައި ތަންމަތީގައި އޮވެގެން ދަރިފުޅާ ފެންފޮދެއް ދެހެރޭ ގޮވީމާ.. އެކުއްޖާ އަޅާނުލާ ނުކުމެގެން ދަނިކޮށް މައިމީހާ ބުންޏޭ.. ތިޔައެތި […]