ޒީޓައިމްސް ބަދިގެ: ރީތި ފެހިކުލައެއްގެ މީރު ސްމޫތީއެއް

ބޭނުންވާ ތަކެތި: 1 ޖޯޑު ކާށިކިރު 1 ދޮންކެޔޮވައް 1 އޮރެންޖު 2 ޖޯޑު ސްޕިނެޗް 2 ޖޯޑު އަލަނާސި (ގަނޑުކޮށްފަ) ތައްޔާރުކުރާނެ ގޮތް: ދޮންކެޔޮ އަދި އޮރެންޖުގެ ތޮށި ނެއްޓުމަށްފަހު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ދޮންކެޔޮ، އޮރެންޖު، ސްޕިނެޗް، އަލަނާސި އަދި ކާށިކިރު މިކްސްޗަރަށް އަޅައިގެން ރަނގަޅަށް ހިމުންކޮށްލާށެވެ. ގަޑުކޮށްފަހުރި އަލަނާސި ބޭނުންކުރުމުން މި ސްމޫތީ ހުންނާނީ މީރު ވަރަކަށް އައިސްކޮށެވެ.
މަސްތުވާތަކެއްޗާއި ފާހިޝް އަމަލުތަކުގެ އަވައިގާ ޖެހެނީ ރަހްމަތްތެރީންގެ ސަބަބުން!

ހަރުބަހެއްގައި ވާގޮތުގައި ރަހްމަތްތެރީން އެނގޭނީ މުސީބާތުގެ ވަގުތުގައެވެ. މީހަކާ މުސީބަތެއް ނުވަތަ ކާރިޘާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން އޭނާގެ ގާތުގައި އެކުވެރީންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު އޭނާ ދޫކޮށް ދުރަށް ދާތަން ފެނެއެވެ. ﷲ ގެ ނަބިއްޔާ ސަލާމް ލެއްވި އައްޔޫބުގެފާނާ އާލާސްކަންފުޅެއް ކުރިމަތިވެ، އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވެ، މުއްސަނދިކަމާއި ތަނަވަސްކަން ގެއްލިގެން ދިޔަ ވަގުތު، އެކަލޭގެފާނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖިލީހަށް ހާޒިރުވަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު، އެކަލޭގެފާނު ދޫކޮށް […]