ނުކައި ދޫކޮށްނުލެވޭވަރުގެ ފައިދާހުރި މޭވާއެއް!

ވައްތީނި ގަހަކީ 1-12 މީޓަރ އުސްމިނުގައި ހެދޭ ފަތުގެ ދިގުމިނުގައި 12-25 ސެންޓިމީޓަރ އަދި ފުޅާ މިނުގައި 10-18 ސެންޓިމީޓަރު ހުންނަ ތީނި އާއިލާގެ ގަހެކެވެ. މިގަހުގައި އަޅާ ވައްތީނި މޭވާއެއްގެ ބޮޑު މިނުގައި 3-5 ސެންޓިމީޓަރު ހުންނައިރު މިމޭވާ ދޮންނުވާއިރު ފެހިކުލަ އަދި ދޮންވުމުން ހުންނަނީ ދަނބުކުލައެވެ. ގިނަ ފައިދާތަކެއް ވައްތީނީގައި ވައްތީނި އަކީ ސޯޑިއަމް މާއްދާ މަދުން އެކުލެވޭ، ޕޮޓޭސިއަމް ގިނައިން ހިމެނޭ މޭވާއެކެވެ. ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އަދި ހިތުގެ […]