ރަސޫލާ ﷺ ގެ ސީރާ: ފައިންޕުޅުގައި ބޮސްދެއްވުމަށްފަހު އައްދާސް އިސްލާމްވިގޮތް

އައްދާސް އިސްލާމްވުން ރަސޫލާ ﷺ އާމެދު ކަންތައްކުރެވުނު ގޮތް ފެނި އުޠުބާއާއި ޝައިބަން އިބުނު ރާބިއާ ހިތާމަކުރިއެވެ. މައްކާގެ އަވަށްޓެރިން މައްކާ މީހަކަށް މިވަރުކުރީތީ އެމީހުން ތިބީ އެކަމާ އުނދަގޫވެފައެވެ. ދެން އެމީހުން ރަސޫލާ ﷺ އަށް ވެދުމެއްގެގޮތުގައި މޭވާ ތަބަކެއް ފޮނުވިއެވެ. އެގޮތުން މޭބިސްކަދުރު ފޮނުވީ އެމީހުންގެ ޚާދިމެއްކަމުގައިވާ އައްދާސް އަތަށް ދީފައެވެ. އައްދާސްއަކީ ޢިރާޤުގެ ނަސާރާއެކެވެ. އެކަލޭގެފާނު ހަދިޔާ ގަބޫލުކުރައްވައި ބިސްމި ވިދާޅުވުމަށްފަހު މޭބިސްކަދުރު ފަރިއްކުޅުއްވިއެވެ. ބިސްމީގެ އަޑު އިވުމުން އެކަމާ ހައިރާންވެ އެއީ […]