ބިލު ނުދައްކާނަމަ ރައްޔިތުމީހާގެ ގޭގެ ކަރަންޓު ކަޑާގޮތަށް އެހެންތަންތަނުގެ ކަރަންޓުވެސް ކަޑަންވީއެވެ!

ކޮވިޑުގެ ދަތި ދުވަސްވަރަށްފަހު އާމްދަނީ ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ބައެއް ދިވެހިންނަށް ދަނީ ކުރިމަތިވަމުންނެވެ. މިފަދަ ދަތިހާލަތުގައިވެސް އަސާސީ ބޭނުން ފުއްދުމަށް ކުރަންޖެހޭ ހަރަދުތައް ކޮންމެގޮތެއް ހަދައިފައިވެސް ކުރެއެވެ. ސަބަބަކީ ކަރަންޓު ބިލު ނުދައްކައިފިނަމަ ކަރަންޓު ކަޑާލަފާނެތީއެވެ. ސަރުކާރު ހިއްސާވާ ބައެއް ތަންތަނުން ކަރަންޓު ބިލު ނުދައްކާ ބޮޑު އަދަދަކުން ދަރަނިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ ހުރިހާ ތަންތަނަކުން ވެސް އެއް އުސޫލެއްގެ ދަށުން ކަރަންޓު ކަޑަންވީއެވެ. އެއިރުން ޔަގީނުންވެސް ބިލު ދައްކަން މަޖުބޫރުވާނެތާއެވެ. ފޭސްބުކްގައި […]