މަދިރި މަދުކުރުމަށް އެއްވެސް މަސައްކަތެއް ކުރިންތަ؟

މިއަހަރުގެ ތެރޭގައި ވެސް ޑެންގީހުން ޖެހިގެން ދިވެހިރާއްޖޭގައިވެސް ވަނީ މީހުން މަރުވެފައެވެ. އަދި ޑެންގީ އަށް އެކި އުމުރުގެ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. ޑެންގީ އަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފުރާނައަށް ނުރައްކާވެދާނެފަދަ ބައްޔެކެވެ. ޑެންގީ ހުމުން ސަލާމަތްވުމަށް މަދިރި ހެފުމުން ރައްކާތެރިވާންޖެހެއެވެ. މަދިރި މަދުކުރުމަށް ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވުނީ ކޮންމަސައްކަތެއްތޯ ބަލާލުން މުހިންމެވެ. ޑެންގީއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވާނެ ތަންތަން ނައްތާލުމެވެ. މާލޭގެ އިތުރުން ރަށްރަށުގައި […]
މުއްސަނދިކަމާއި މަތީ މަޤާމް ލިބުމަކީ ހަޤީޤީ ބާއްޖަވެރިކަމެއް ނޫނެވެ!

މިދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށެވެ. އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގު ދީފައި ގަނެވޭނެ އެއްޗެއް ކަމުގައި ވަނީނަމަ އެކަން ކުރާނެކަން ކަށަވަރެވެ. އެހެންކަމުން ބާއްޖަވެރިކަމަކީ ކޮބައިކަން ދަނެގަންނާނީ ކިހިނެއް ހެއްޔެވެ؟ މީސްތަކުންގެ ޚިޔާލާއި ފިކުރު ތަފާތުވެފައިވާ ފަދައިން ބާއްޖަވެރިކަން މާނަކުރުމުގައިވެސް މީހުންގެ ވިސްނުން ތަފާތުވެފައި ވެއެވެ. "އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަން. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުން. ނުވަތަ މަތީ މަޤާމަކާ ހަމައަށް ވާސިލުވުން. ނުވަތަ […]