ބިރުވެރި ވާހަކަ: އެރެއަށްފަހު (ތިންވަނަބައި)

ބިލާލަށް ހޭލެވުނީ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެ މާމަ ކޮބައިތޯ ބަލައިލިއެވެ. ކޮޓަރިތެރެއިން މާމަ ކެއްސާ އަޑު އިވެމުން ދިޔައެވެ. ބިލާލް ދުވެފައިގޮސް މާމަގެ ކޮޓަރީގައި ތަޅައިގަތެވެ. އެތެރެއިން އެއްވެސް ޚަބަރެއް ނުވިއެވެ. ބިލާލްގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އެނބުރިލާފައި ފާރުގައި ހުރި ގަޑިއަށް ބިލާލް ބަލައިލިއެވެ. ގަޑިން ފަސްގަޑި ފަނަރަވީއެވެ. އިރުއަރަން އަދި ލައްކަ އިރު އެބައޮތެވެ. މަޑުމަޑުން ގޮސް ސިޓިންގރޫމްގެ ގޮނޑީގައި ބިލާލް އޮށޯތެވެ. މާމަގެ އިންތިޒާރުގައެވެ. ކެއްސުމުގެ ކަންތަކަށް ކުޑަވެސް ލުޔެއް ލިބޭހެން […]