ރަސޫލާ ﷺ ގެ ސީރާ: ޖިންނިންގެ ރޭ

ސިޔާސީ ނަޒަރަކުން ބަލާއިރު ޠާއިފުން ރަސޫލާ ﷺ އަށް ކާމިޔާބެއް ލިބިވަޑައިނުގަނެއެވެ. އެކަމަކު އެތަނުން އެންމެ މީހަކު އިސްލާމްވުމަކީވެސް ބޮޑު ކަމެކެވެ. އެއީ ސަތޭކަ ޖަމަލަށްވުރެ ފައިދާހުރި ކަމެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ތިމާގެ ސަބަބުން އެންމެ މީހަކު އިސްލާމްވުމަކީ ތިމާއަށް ސަތޭކަ ރަތް ޖަމަލަށްވުރެ ރަނގަޅުކަން ބޮޑު ކަމެކެވެ. މިދަތުރުފުޅުގައި އިތުރަށްވެސް މީހުން އިސްލާމްވިއެވެ. ރަސޫލާ ﷺ އެނބުރި މައްކާއަށް ވަޑައިގަތް މަގުމަތީގައި ނަޚުލާ ވާދީގައި މަޑުކުރެއްވިއެވެ. އެކަލޭގެފާނުގެ އާދަފުޅުގައިވާގޮތުގެ މަތިން މިތަނުގައި ތަހައްޖުދު ނަމާދުކުރެއްވިއެވެ. […]