މޫނުގެ ހަންގަނޑު ޒުވާންކޮށް ރީތި ކުރުމަށް ޓޮމާޓޯ ބޭނުން ކުރެވިދާނެ ގޮތެއް!

މޫނުގެ ހަންގަނޑު ރީތިކުރުމަށް ވަރަށް ގިނަ މަސައްކަތްކުރާ މީހުން އުޅެއެވެ. އެހެންނަމަވެސް ކާމިޔާބު ވަނީ ބައެއް ފަހަރުއެވެ. އަގުބޮޑު ތަކެތި ގަނެގެން ބޭނުންކުރުމުގެ ބަދަލުގައި އަމިއްލައަށް ތައްޔާރުކުރާ ބާވަތަކުން ވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރެވިދާނެއެވެ. ޓޮމާޓޯ އަކީ ގޭގައި ވެސް ފަސޭހައިން ހެއްދޭ އަދި ގަންނަންވެސް އަގުހެޔޮކޮށް ލިބޭ ތަރުކާރީގެ ބާވަތެކެވެ. ޓޮމާޓޯ ބޭނުންކޮށްގެން މޫނުގެ ހަންގަނޑު ރީތި ކުރެވިދާނެއެވެ. ތައްޔާރުކުރާނެ ގޮތް ޓޮމާޓޯއެއް ކޮށާލުމަށްފަހު އެއް ސަމުސާ މާމުއި އަޅައިގެން މިކްސަރުން ހިމުންކޮށްލާށެވެ. […]
ސްކޫލުގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު ހަރުދަނާ ޒުވާނަކަށް ވެވޭނީ ކިހިނެއް؟

ސްކޫލު ދައުރު ނިންމުމަށްފަހު ކުރާނެ މަސައްކަތެއް ނެތިގެން ނުވަތަ ތައުލީމު ހާސިލުކުރާނެ ދާއިރާއެއް ނުނިންމިގެން އުޅޭ ޒުވާނުންވެސް ފެނެއެވެ. 16 އަހަރާއި 18 އަހަރާއި ދެމެދު ސްކޫލުގެ ތައުލީމް ނިމުމަކަށް އަންނައިރު ހަރުދަނާ ޒުވާނަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކެއް މިރިޕޯޓްގައި ހިމަނާލާނަމެވެ. އުނގެނުމަށް އިސްކަންދިނުން ދިރިއުޅުމުގެ ވަގުތު އަގުހުރި ގޮތަކަށް ހޭދަކުރުމަކީ މުހިންމުކަމެކެވެ. މަތީސާނަވީ އިމްތިހާނުތަކުގެ ނަތީޖާ ލިބެންދެން އެހޭދަވާ މުއްދަތުގައި ތަފާތު ދާއިރާތަކުން ކުރު ތަމްރީންތައް ފުރިހަމަކުރުމަށް ވެސް އިސްކަންދެވިދާނެއެވެ. އެއީ ދިރިއުޅުމުގައި ކޮންމެ ހާލަތެއް […]