ވީޑިއޯ: ކަންޒުކަހަނބު

ކަންޒުކަހަނބަށް އެއްގަމު ކަހަނބޭ ވެސް ކިޔައި އުޅެއެވެ. 21 ވައްތަރުގެ ކަހަނބު އުޅެއެވެ. ކަހަނބު ފަތުން ތަކެތި ހެދުމާއި އުފެއްދުމުގެ މަސައްކަތްވެސް ކުރިން ކޮށްފައިވެއެވެ. އެހެނަމަވެސް 2003 ވަނަ އަހަރުން ފެށިގެން ކަންޒުކަހނބު ވަނީ ހިމާޔަތްކޮށްފައެވެ. ކާށިދޫ އަކީ ރާއްޖޭގައި ކަންޒުކަހަނބު އެންމެ ގިނައިން އުޅޭ ރަށެވެ. ކާށިދޫ ޗަސްބިން ސަރަހައްދުގައި ގިނަ އަދަދެއްގެ ކަންޒުކަހަނބު ދިރިއުޅޭތީ އެސަރަހައްދު ވަނީ ހިމާޔަތްކޮށްފައެވެ.
ލޭމަދުވުން: މާބަނޑު ދުވަސްވަރު ސިއްހީގޮތުން ނުރައްކާތެރި ކަމަކަށް ވަނީ ކީއްވެ؟

މާބަނޑުވުމުން ހަށިގަނޑުގައި ލޭގެ މިންވަރު 50 އިންސައްތަ އަށް އިތުރުވެ ހިތަށާއި ލޭދައުރު ކުރުމަށް ބަދަލުތަކެއް އައިސް ހަށިގަނޑުގައިވާ ގުނަވަންތަކާއި ބަނޑުގައި ބޮޑުވަމުން އަންނަ ދަރިފުޅަށް ލޭފޯރުކޮށްދޭ މިންވަރު އިތުރުވެގެންދެއެވެ. ބަލިވެ އިންނަތާ ފުރަތަމަ ދެމަސް ނުވަތަ ތިންމަސް ދުވަހުގެތެރޭގައި ލޭގެ އެޗް.ބީ ދަށަށް ދާކަން ފާހަގަކުރެވެއެވެ. ތެލަސީމިއާ ބަލި ވާރުތަކުރާ ގޮތް ހުންނަނަމަ ގިނަފަހަރަށް ތަންކޮޅެއް ދަށުގައި ލޭ ހުރުން އެކަށީގެންވެއެވެ. މިފަދަ އަންހެނަކު ބަލިވެ އިނދެއްޖެނަމަ އެޗް.ބީ ކުރިއަށްވުރެ ދަށަށް ދިއުމުގެ ފުރުސަތުބޮޑެވެ. ލޭމަދުވުމަކީ […]