ކުޑަކުދިންގެ ހާދިސާ: އަޖުމަލް އާއި ފުފޫ

އަޖުމަލް އަކީ ވަރަށް ގަސް އިންދާ ހިތްވާ ކުއްޖެކެވެ. އަޖުމަލްގެ ބައްޕަ އަމްޖަދުވެސް ވަރަށް ގަސް ހައްދައެވެ. އެއްދުވަހަކު އަޖުމަލް ބައްޕައާއެކު ގަސްވިއްކާ ފިހާރައަކަށް ދިޔައެވެ. އަމްޖަދު ދެތިން ވައްތަރުގެ މާގަސް ގަތުމުން ސޭޓު ހަދިޔާއަކަށް ތަރުކާރީއޮށް ޕެކެޓެއް ދީފިއެވެ. ދަރިފުޅު އިންދާލަން ރަނގަޅު ވާނެއޭ ކިޔާފައި އަޖުމަލް އަށް ދިނެވެ. ދެން އަޖުމަލް ބައްޕައާއެކު ގެއަށް އައިސް އަޖުމަލް ގަސް އިންދާ ތަނުގައި އޮށްތައް ވަޅުލައިފިއެވެ. ކޮންމެ ދުވަހަކުވެސް އޮށުން ގަހެއް ފަޅާތޯ އަޖުމަލް ބަލައެވެ. […]
ވިޔަފާރީގައި މަކަރު ހަދައި އޮޅުވާލުމަކީ ދެދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެއް- ޚުތުބާ

މުދަލާއި ތަނަވަސްކަން ހޯދުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ހަލާލުގޮތުގައި، މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަށް އިސްލާމްދީން ހިތްވަރުދެއެވެ. އިސްލާމް ދީނުގައި މީސްތަކުންނަށް ގެއްލުން ހުރި ރިބާގެ ދޮރުތައް ބަންދުކޮށް، ވިޔަފާރީގެ ދޮރުތައް ހުޅުއްވައިދެއްވާފައި ވަނީ ހަލާލު ގޮތުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށްޓަކައެވެ. ވިޔަފާރި ކުރާނެ އުސޫލުތަކާއި، ވިޔަފާރީގެ ގޮތުގައި ކޮށްގެން ނުވާނެ ކަންކަން ވަނީ ބަޔާންކުރައްވާފައެވެ. މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުން ވަނީ ހަރާމް ކުރައްވާފައެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބްރޭންޑުތަކުގެ އިތުރަށް ވަރަށްގިނަ ބާވަތްތަކުގެ […]