ބިރުވެރި ވާހަކަ: އެރެއަށްފަހު (ހަތަރުވަނަބައި)

ބިލާލަށް ހޭލެވުނީ ދޮރުގައި ބަޔަކު ތަޅައިގަތް އަޑަށެވެ. ބާރުބާރަށެވެ. ބިލާލްގެ ހިތް ބާރަށް ތެޅެންފެށިއެވެ. އަދި އިރު ނާރަނީސް މި ލައިގަތީ ކޮން ކަންތަކެއްބާއެވެ. ދޮރު ހުޅުވަން ނުހުޅުވަން ހުރެފައި އެންމެފަހުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ތިބީ މުދިންބެއާއި އިތުރު ދެތިން މީހެކެވެ. "ކިހިނެއްވީ" ބިލާލް ހުރީ ވަރަށް ހާސްވެފައެވެ. "އެހެރީ މާމަގެ މަހާނަ ހާވާފައި" އެމީހުން އެހެން ބުނުމުން ބިލާލް ސަހަރާ އާއި ދިމާއަށް ދުއްވައިގަތެވެ. ފަހަތުން އެމީހުންވެސް ދުވަމުން އައެވެ. އެއައި ގޮތަށް […]