ރަސޫލާ ﷺ ގެ ސީރާ: އެންމެ ބޮޑު އެއް މުޢުޖިޒާތް

މައްކާއަށް އެނބުރި ވަޑައިގަތުން މައްކާއިން ބޭރުގައި ދިހަ ވަރަކަށް ދުވަސްވުމަށްފަހު ރަސޫލާ ﷺ އެނބުރި މައްކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ދެން ޒައިދު އެކަލޭގެފާނަށް ދެންނެވިއެވެ. 'ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން މައްކާއަށް އެނބުރި ދާނީ ކިހިނެއްތޯއެވެ؟ އެމީހުންވަނީ ކަލޭގެފާނު އެރަށުން ބޭރުކޮށްފައެވެ.' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ﷲ އަޅަމެންނަށް ކޮންމެވެސް ގޮތެއް ދައްކަވާނެއެވެ. އަދި ﷲ އެކަލާނގެ ރަސޫލާއަށް މަދަދުވެރިވެވަޑައިގެން ޙައްޤު މަތިވެރި ކުރައްވާނެއެވެ.' މައްކާއާއި ޠާއިފުން ބޭރުކުރެވި ސަހަރާގެ މެދުގައިވުމުންވެސް އެކަލޭގެފާނު ﷲ އަށް ފުރިހަމައަށް […]