ޗައިލްޑް ކެއަރ ސެންޓަރ: ސްޓެލްކޯގެ މުވައްޒަފުންނަށް ލިބުނު އަގުބޮޑު ހަދިޔާއެއް!

މަތީ ތަޢުލީމް ހާސިލުކުރުމަށްފަހު ވަޒީފާއަށް ދެވޭނެގޮތެއް ނެތި ތިބި އެތައް މައިންނެއް އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް އެބަތިއްބެވެ. ތުއްތު ދަރިފުޅުގެ އުމުރުން ވަކި އަހަރެއް ވަންދެން ގޭގައި އެދަރިފުޅު ބެލުމަށް މަޑުކުރުމަށްފަހުވެސް ވަޒީފާއަށް ދެވޭނެ ގޮތެއް ނެތް މައިންވެސް އެބަތިއްބެވެ. ސަބަބަކީ ދަރިން ލިބުމަށްފަހު ވަޒީފާއަށް ދާވަގުތުގައި އެދަރިން ބަލާނެ މީހެއް ނެތިގެންނެވެ. އެހެންނަމަވެސް ވަޒީފާ އަދާކުރާ އޮފީހުގައި، އަގެއް ނެގުމެއްނެތި ހިލޭ ދަރިފުޅު ބެލޭނެ އިންތިޒާމް ހަމަޖެހުމަކީ ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. […]
އެންމެ މަޤްބޫލު ބުޅާތައް ބަލާލަންވެސް އެހާމެ ރީތި!

ބުޅާދެކެ ބިރުގަންނަ މީހުން އުޅޭއިރު ބުޅަލަކީ ވަރަށް ލޯބިން ބައެއް މީހުން ގެންގުޅޭ އެއްޗެކެވެ. ރާއްޖޭގައި ވެސް ވަރަށް ރީތި ބުޅާ ގެންގުޅެއެވެ. 'ޒީޓައިމްސް'ގެ މިލިޔުމުގައި ހިމަނާލަނީ އެންމެ މަޤްބޫލު ބުޅަލާއި ގުޅޭ މައުލޫމާތެވެ. 1. ރެގްޑޯލް މިވައްތަރުގެ ބުޅާ އެންމެ މަޤްބޫލު ވެފައިވަނީ އޭގެ ނޫކުލައިގެ ލޮލުގެ ސަބަބުންނެވެ. މިއީ ހަށިގަނޑުން ބޮޑު ބުޅަލެކެވެ. ލިސްޓްގެ އެންމެ ކުރީގައި މި ބުޅާ ހިމެނިފައިވާ އަނެއް ސަބަބަކީ މިއީ ކުޑަކުދިންނާވެސް ވަރަށް ގުޅޭ ގެންގުޅެން ފަސޭހަ ބުޅަލަކަށް […]