ފޮޓޯ: ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށާއި މަތީ ދަރަޖަ ހޯދި ފަރާތްތަކަށް ޚާއްސަ އިނާމް ދެއްވުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ: 1. ޑޮކްޓަރ ޢާއިޝަތު ޝަފިނާ، ގ. މަންބަޢު 2. ޑޮކްޓަރ ފާޠިމަތު […]
ބިރުވެރި ވާހަކަ: އެރެއަށްފަހު (ފަސްވަނަބައި)

"ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާލަން" ބިލާލް ނައުފަލް ގޮވައިގެން ހިނގައިގަތީ އަތިރިމަތިން ގެއާއި ދިމާލަށެވެ. ބިލާލްގެ ގެއަށް ނައުފަލް އަންނާތީ ހުރީ ވަރަށް އުފަލުންނެވެ. ޔަގީނުންވެސް އެކަނިވެރިއެއް ނުވާނެތާއެވެ. ނައުފަލްވެސް އުޅެނީ އާއިލާ މީހެއްގެ ގާތުގައެވެ. ރަށުގައި ވަޑާން ކޮއްގެން ލިބޭ ލާރިން ދިރިއުޅުން ހަމަޖައްސަމުންދާ ޒުވާނެކެވެ. އަދި މިވީހާ ހިސާބަށް ދިރިއުޅުމެއް ފައްޓައިފައި ނުވާތީ އޭނާ ޒިންމާ ނަގަންޖެހޭ ކަމެއް ނުއޮވެއެވެ. އެހެން ކަމުން ބިލާލްގެ ގެއަށް ބަދަލު ވުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. […]