ރަސޫލާ ﷺ ގެ ސީރާ: އިސްރާއާއި މިޢުރާޖާގުޅޭގޮތުން ހުރި ބައެއް މައްސަލަތައް

ޢިލްމީ ނަޒަރަކުން ބަލާއިރު އިސްރާއާއި މިޢުރާޖާގުޅޭ ބައެއް މައްސަލަތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ މިކަމާގުޅޭގޮތުން ހުރި ހަދީޘްފުޅުތަކުގެ ރިވާތައް ގިނަކަމެވެ. ވިއްސަށްވުރެ ގިނަ ޞަޙާބީ ބޭކަލުންވަނީ މިދަތުރުފުޅުގެ ވާހަކަތައް ރިވާކުރައްވާފައެވެ. މިދަތުރުފުޅާގުޅޭގޮތުން ޞަޙީޙް ބުޚާރީގައި އެކަނި ހަ ޞަޙާބީން ރިވާކުރައްވާފައިވާ ޙަދީޘްފުޅުތައްވެއެވެ. ރަސޫލާ ﷺ ގެ ރަސޫލުކަމުގެ މައްކާ ދައުރުގެ ހުރިހާ ޙަދީޘްފުޅުތަކަށްވުރެ މިދަތުރުފުޅުގެ ޙަދީޘްފުޅުތައް ގިނައެވެ. މިދަތުރުފުޅަކީ މައްކާ ދައުރުގެ ހާދިސާއަކަށްވާއިރު، މިދައުރުގެ އެހެން ހުރިހާ ޙަދީޘްފުޅުތަކަށްވުރެ ގިނައިން މިދަތުރުފުޅުގެ ޙަދީޘްފުޅުތައް ހުރުން ޢިލްމީގޮތުން ސުވާލުއުފެދެއެވެ. […]