އުފަންވިއިރު މިކުއްޖާގެ ބޮލުގެ އިސްތަށި ހުރީ ނުރަގޮތަށް!

ބެންސް ނަމަކަށް ކިޔާ މިކުއްޖާ އުފަންވީ ހަންގޭރީގެ ހޮސްޕިޓަލަކަށެވެ. އުފަންވުމާއެކު ޑޮކްޓަރުން އަދި އެކުއްޖާގެ މައިންބަފައިންނަށް ވެސް ލިބުނީ ހައިރާންކަމެވެ. އާންމު ބަރުދަނެއްގައި ހުރި ލޯބިލޯބި މިކުއްޖާ އަކީ އުފަންވިއިރު އިތުރު މައްސަލައެއް ނެތް ދުޅަހެޔޮ ކުއްޖެކެވެ. 'އަލްބިނިޒަމް' ހުންނަ ކުދިންވެސް އުފަންވާއިރު މިގޮތަށް ބޮލުގެ އިސްތަށިގަނޑު ހުދުކޮށް ހުރެއެވެ. އެހެންނަމަވެސް ޑޮކްޓަރުން ހެދި ޓެސްޓްތަކުން ބެންސް އަށް އެބަލި ޖެހިފައިވާ ނުވާކަން ވަނީ އެނގިފައެވެ. ތުއްތުކުދިންނަށް ހުދު އިސްތަށިގަނޑެއް ލިބުން މިއީ ބައެއްފަހަރަށް ވާރުތަވާކަމެއް ކަމަށް […]
ހައްވަ އާއި ސަމީރާ: ސްޓެލްކޯގެ އެންމެ ގިނަ ދުވަސްވީ އަންހެން 2 މުވައްޒަފުންނަށް ލިބުނު ކުރިއެރުން!

1980 ގެ އަހަރުތަކުގަ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތައް ތަފާތެވެ. އެއިރު އަންހެނުން ގިނައިން ތިބީ ދަރިން ބެލުމަށް ގޭގައެވެ. ޚާއްޞަކޮށް ގިނަ އަދަދެއްގެ ފިރިހެނުން މަސައްކަތް ކުރާ ތަނެއްގައި އަންހެނުން މަސައްކަތް ކުރުން އެއިރު ވާނީ ބޮޑު ގޮންޖެހުމަކަށެވެ. މީހުން ދެކޭ ގޮތްވެސް ތަފާތެވެ. މަގުމަތިން ދާއިރުވެސް "މިދަނީ އިންޖީނުގޭގައި ވަޒީފާ އަދާކުރާ ކުއްޖެކޭ ގޮވާނީ" އެއީ އެމަންޒަރު ފެންނަ މީހުންނަށްވެސް އާކަމަކަށް ވާތީތާއެވެ. ނޫނީ އެމީހުންވެސް ދިމާކުރަން ބޭނުންވާތީ ކަމަށް ވެދާނެއެވެ. އުފާވެރި ފޮނި ހަނދާންތަކަކާއެކު […]