ދަރިފުޅު ރުޅިގަދަވަނީތަ؟ ހައްލުކުރުމަށް ކުރެވިދާނެ ކަންތައް!

އަޅުގަނޑުމެން ލޯބިން ބަލަމުން އަންނަ ދަރިފުޅު އާދަޔާޚިލާފަށް ރުޅިގަދަވެ ކަންކަމުގައި ބޮޑާހާކާނަމަ އެކަމާމެދު ވިސްނާ ދެރަވާފަހަރު އާދެއެވެ. ދަރިފުޅަށް އެއަންނަ ބަދަލުތައް ދެނެގަނެ ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ޕްރީސްކޫލުގައި ދަރިފުޅު ހޭދަކުރާ ދުވަސްތަކަކީ އަލަށް ގިނައަދަދެއްގެ ކުދިންނާއި ދިމާވެ އެކުދިންނާއެކު އާމަހައުލެއްގައި އުޅެންފަށާ ދުވަސްވަރެވެ. މިފަދަ ދުވަސްވަރެއްގައި ކުދިންނަށް ތަފާތު ބަދަލުތަކެއް އަންނާނެއެވެ. އާކަންތައްތަކަށް ހޭނެން ވަގުތު ނަގާނެއެވެ. މައިންބަފައިންނާއެކު ވަގުތު ހޭދަކުރި ކުދިން ސްކޫލަށް ގޮސް 3 ނުވަތަ 4 ގަޑިއިރު ސްކޫލުގައި މަޑުކުރަން ޖެހުމުން […]