ބިރުވެރި ވާހަކަ: އެރެއަށްފަހު (ހަތްވަނަބައި)

"މިހާރު ފަތިހަށް ގޮވަން ގާތްވަނީ. ދެންވެސް ދޭބަލަ ވުޟޫ ކޮއްލައިގެން އަންނަން" ނަމާދު ކުރުމަށް ނައުފަލް ނަސޭހަތް ދިނެވެ. ނައުފަލް އަކީ އަބަދުވެސް ގަޑިން ގަޑިއަށް ނަމާދު ކުރާ ޒުވާނެކެވެ. ބިލާލް ނައުފަލް އާއި ވާހަކަ ދައްކަމުން ދިޔައިރުވެސް ވަށައިގެން ހޯދަމުން ދިޔައީ ރީޝާ ފެނޭތޯއެވެ. ނަމަވެސް އެއްވެސް ދިމާލަކުން ރީޝާ ފެންނަން ނެތުމުން ބިލާލްގެ ހާސްކަން އިތުރުވަމުންދިޔައެވެ. ނައުފަލް ފޮނުވައިލެވޭތޯ އެކި ގޮތްގޮތަށް ބިލާލް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ނައުފަލް ނިކުތީ ގިފިއްޔަށް ކަމަށް […]