މައުލޫމާތު: ހިރުނދު ދޫނި

ހިރުނދު ދޫންޏަކީ 12 އާއި 18 މިލިމީޓަރުގެ ދިގުމިނަށް ބޮޑުވާ ސޫތްޕެކެވެ. މި ވައްތަރުގެ ސޫތްޕަށް ދޮންމޫސަދޫނި، ދޮންކޮކޮޑި ދޫނިވެސް ކިޔާއުޅެއެވެ. ރާއްޖޭގައި އާންމުކޮށް މި ސޫފި އުޅެނީ ހިރުނދުގަހުގައެވެ. ނަމަވެސް ކަފަގަހުގައާއި އޮކްރާ (ލޭޑީސްފިންގާ) ގަހުގައި މިސޫފި އުޅެއެވެ. ސައިމާގަހުގައިވެސް މިސޫފި އުޅެއެވެ. އާންމުކޮށް ގަސްތަކުގައި އަޅާ މަލުންނާއި އޮށްތަކުގައި ހުންނަ ދިޔަ މިސޫފި ބޭނުންކުރެއެވެ. އެއަށްފަހު އެއްޗެއް ނުކައި ގިނަދުވަހު މިސޫފި ދިރިއުޅެއެވެ. މީގައި ހުންނާނީ ކަޅުކުލައިގެ ތިކިތަކެއް ޖަހައިފައެވެ. އެންމެ ވައްތަރުވާނީ މާމަކުނާއެވެ. […]
ރަސޫލާ ﷺ ގެ ސީރާ: އިސްރާއާއި މިޢުރާޖް ދަތުރުފުޅުން ލިބިދޭ ބައެއް ފައިދާ

މިދަތުރުފުޅުގެ މައިގަނޑު ހިކުމަތަކީ ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ މަގާމާއި ދަރަޖަ އަންގަވައިދެއްވުމެވެ. އެއާއެކު އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް ދަތި އުދަނގޫތަކަށް ލުއި ދެއްވުމެވެ. އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުގައި ދައްކަވާ ވާހަކަތަކުގެ ތެދުކަން މިދަތުރުފުޅުން އިތުރަށް ކަށަވަރުވިއެވެ. އެއީ އެކަލޭގެފާނަށް ސުވަރުގޭގެ ނިޢުމަތާއި ނަރަކައިގެ އަޒާބާއި މަލާއިކަތުންނާއި ނަބިއްޔުންނާއި ބައްދަލުވެވަޑައިގެންނެވުނީތީއެވެ. މިމުޢުޖިޒާތަކީ ﷲ، އެކަލާނގެ އަޅާ، ރަސޫލާ ﷺ އަށް ދެއްވި ޚާއްސަ ހަދިޔާއެކެވެ. ރަސޫލާ ﷺ އަށް މިމުޢުޖިޒާތް ދެއްވީ އެކަލޭގެފާނާ ކުރިމަތިވި އެންމެ ހިތާމައިގެ ވަގުތުއެވެ. […]