މުސްލިމް އަންހެނާގެ ފޭރާން

މުސްލިމް އަންހެނާ ހެދުން އަޅަންޖެހޭ ގޮތްތަކެއް އިސްލާމްދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ޢައުރަ ނިވާކުރުމަކީ ނުވަތަ ދިވެހިންގެ ބަހުންނަމަ ބުރުގާ އެޅުމަކީ ބާލިޣުވެފައިވާ ކޮންމެ އަންހެނެއްގެ މައްޗައް ވާޖިބުކުރައްވާފައިވާ ކަމެކެވެ. ބުރުގާ އެޅުމަކީ ވާޖިބުކަމެއްކަމާމެދަކު އެއްވެސް ޢިލްމުވެރިއަކު އިޚްތިލާފްވެވަޑައެއް ނުގަންނަވައެވެ. އެހެނީ، މިކަމަކީ ޤުރުއާނާއި ސުންނަތުން އަދި ޞަޙާބީންގެ އިޖްމާޢުން ޘާބިތުވެފައިވާކަމެކެވެ. މިކަމަކީ އިސްލާމީ ޝަރީއަތުގައި ލާޒިމުކުރައްވާފައިވާ ކަމެކެވެ. ބުރުގާ އެޅުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ނަމަވެސް، މިހާރަކަށްއައިސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ ވަރަށް ނޭދެވޭ ކަންތައްތަކެކެވެ. […]