ދަރިވަރުންގެ މެދުގައި ތަފާތު ކުރުމުގެ ނަތީޖާ ހިތި!

ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި މަދުންނަމަވެސް ތަފާތުކުރުންތަކެއް ގެންގުޅޭ ވާހަކައަކީ އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ބެލެނިވެރިއަކު ލިޔެފައިވެއެވެ. ދަރިފުޅު ފަލަކޮށް ހުންނާތީ 'ފަލަބެރު' ފަދަ ނަންނަމުން ގޮވާ ދިމާކުރާ ކުދިން އުޅޭއިރުވެސް އެފަދަ ކަންތައްތަކެއް ނުހުއްޓުވޭކަމަށެވެ. ކިޔަވައިދޭ މުދައްރިސާއި އެމައުލޫމާތު ހިއްސާކުރިއަސް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދިއުމަށް ފޫހިވެ ދަރިފުޅު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެގެންދެއެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ސްކޫލު މާހައުލުގައި ކޮންމެ ވަގުތެއްގައި ވެސް […]