ކޮންފަދަ ހިތްދަތި މަރެއް، މަންމަ މަރުވިއިރުވެސް ދަރިފުޅު އޮތީ ކައިރީގައި ބުއްބޯން

މިއަދު މެންދުރެއްހާއިރު ގިނަބަޔަކަށް ސިހުން ލިބުނީ ހދ. ނޮޅިވަރަމްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު ޚަބަރާއެކުގައެވެ. ނޮޅިވަރަމް ހިތައްފިނިވާގޭ ނިޝާމާ މުހައްމަދު (28އ) 'މަރާލާފައި' ވަނީ އޭނާގެ ފިރިމީހާ ކަމަށް ތުހުމަތު ކުރަމުންދާއިރު، މި ދެމަފިރިންގެ 3 ކުދިންވެސް އެބަތިއްބެވެ. ފުލުހުން މައުލޫމާތު ދެއްވިގޮތުގައި ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ މިއަދު 12:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. " މި މައުލޫމާތު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް ހޭނެތިފައި އޮތް މީހަކު ހެލްތް ސެންޓަރ […]
ބިރުވެރި ވާހަކަ: އެރެއަށްފަހު (ނުވަވަނަބައި)

"ތިފަންޑުތަވެރިން ވަރަށް މޮޅުވާނެ" ބިލާލް ހޭންފެށިއެވެ. ބިލާލް ބޭނުންވަނީ އެމީހުންނަކީ އެއްވެސް ބައެއް ނޫންކަން ދައްކާށެވެ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުންކަން ހާމަ ކޮއްދޭށެވެ. "ދެން ތިބުނާ މީހަކު އައީމަ އަހަންނަށްވެސް އަންގާލާތި" ބިލާލް އަނެއްކާވެސް މަލާމާތުގެ ރާގަކަށް ހީލިއެވެ. ނައުފަލް ހިނގައިގަތީ ބިލާލް އެކަން ގަބޫލު ނުކުރާނެކަން ޔަގީންވުމުންނެވެ. ކޮންމެހެން ބިލާލް ރުއްސާކަށް ނުޖެހެއެވެ. ރަށުގެ ރައްޔިތުން ބޭނުންވަނީ މިކަމުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސަލާމަތް ވާށެވެ. ރަށުގެ މީހުން ވަކި މީހަކަށް […]