ބޭބެއަކު ކޮއްކޮއަށްޓަކައިވީ ގުރުބާނީ

ތައުލީމު އުނގެނުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ހުރަސްތަކެވެ. އެއްބަޔަކު މާލީ ހާލަތު ހުންނަ ގޮތުން ބޭނުންވާ މިންވަރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބެއެވެ. އަނެއް ބަޔަކު ޅައުމުރުގައި އާއިލީ ޒިންމާގެ ސަބަބުން އާމްދަނީ ލިބޭ މަސައްކަތެއްކޮށް ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހެއެވެ. މައިންބަފައިން ނެތުމުގެ ސަބަބުން އެފުރުސަތު ފަހިކޮށްދޭނެ މަގެއް ނެތުމާއި، ކިޔެވުމަކީ މާބޮޑު ކަމެއް ކަމަށް ނުދެކި އުޅޭ މީހުންވެސް އުޅެއެވެ. ދެން އުޅެނީ މައިންބަފައިންގެ ލޯބިން ދަރީން ބޭނުންވާ ކަންކަން ފުދި […]