މައުލޫމާތު: ބާދިރީން ލިބޭ ސިއްހީ ފައިދާތައް

ބާދިރީ އަކީ ކުދިބަތްގޮތަށް އެއަށްވުރެން ބޮޑެތިކޮށް ހުންނަ ގޮވާމުގެ ބާވަތެކެވެ. މިއީ ހިމަދިގުކޮށް ފަތްހުންނަ ގަހެއްގައި ނިކުންނަ ދިގުކުރާގަނޑެއްގައި އަޅާ ގަދަމުށިކުލައެއްގައި ހުންނަ އެއްޗެކެވެ. މިބާވަތުގެ ގަސް އާންމުކޮށް ހެދިބޮޑުވަނީ 4 ނުވަތަ 5 ފޫޓަށެވެ. މިއީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ގޮވާމެކެވެ. ސިއްހީ ބައެއް ފައިދާތައް: ކެންސަރުޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން ބާދިރީ ބޭނުންކުރުމުން ކެންސަރުން ރައްކާތެރިވުމަށް އެހީއަކަށް ވަނީ ބާދިރީގައި ގިނައަދަދަކަށް 'މެގްނީޒިއަމް' ހުރުމުގެ އިތުރަށް 'ފައިޓޯނިއުޓްރިއެންޓް' އެކުލެވިގެންވާތީއެވެ. ބަރުދަން ލުއިކުރުމަށް އެހީތެރިވުން […]
މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބޭނުންތަ؟

ރޯދައަކީ މަތިވެރި އަޅުކަމެކެވެ. އެއީ އެއްވެސް މިންވަރެއް ނެތި އަޖުރަ ލިބޭ އަޅުކަމެކެވެ. އިންސާނާގެ މުޅި ހަށިނގަޑުން ކުރާ އަޅުކަމެއްކަމުގައި ރޯދަވެއެވެ. ތިބާގެ ގޮހޮރަށް ކާން ނުދީ ބަހައްޓައެވެ. ތިބާގެ ދޫ ޣީބަ ބުނުމާއި ފުރައްސާރަ ކުރުން ފަދަ ޢަމަލުން ރައްކައުތެރި ކުރެއެވެ. ތިބާގެ ލޯ ފާޙިޝް މަންޒަރުތަކުން ރައްކައުތެރި ކުރެއެވެ. ތިބާގެ ފަޔާއި އަތް މާތްﷲ ޙަރާމް ކުރެއްވި ކަންކަމުން ރައްކައުތެރި ކުރެއެވެ. އަދި ތިބާގެ ހިތް އެހެން މީހުނާމެދު ސާފުކޮށް ބަހައްޓައެވެ. މި ހުރިހައި […]