ބިރުވެރި ވާހަކަ: އެރެއަށްފަހު (ދިހަވަނަބައި)

ކޮންމެ މީހަކުވެސް މިސްރާބު ހުރީ އެމީހެއްގެ ގެއާއި ދިމާލަށެވެ. އަނބިދަރިންގެ ހާލު ބެލުމަށެވެ. އެމީހުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބުނުތޯ ބަލާށެވެ. ރަހުމާނަށްވެސް ގެއަށް އާދެވުނީ ހަމަ ކިރިޔާއެވެ. އަވަސް އަވަހަށް ގޭތެރެއަށް ވަދެ ކުދިން ކޮބައިތޯ ބެލިއެވެ. ހާސްވެފައި ހުރެ ދޮރު ހުޅުވައިލިއެވެ. އެނދުގައި ތިން ކުދިން ނިދާފައި ތިބިއިރު ކައިރީގައި އަނބިމީހާ ހޭލައި އިނެވެ. ރަހުމާންގެ އިންތިޒާރުގައެވެ. ސަލާމަތުން ގެއަށް އާދެވުނީތީ އަންހެނުން އިނީ އުފަލުންނެވެ. ރަހުމާން ފެނުމާއި އެކު ދުވެފައި އައިސް ބައްދައިލިއެވެ. […]