ޖޯކު: ކުޑަފުތު އޭނަގެ އަނބިކަމަނައަށް އުނދުޅިއެއް އިންދާ ދިނުން

ކުޑަފުތުގެ އަނބިކަމަނާ ގެންގުޅޭ އުނދުޅީގެ ދަނޑި ބިދިނގެން އަލުން އުނދުޅިއެއް އިންދާދިނުމަށް ކުޑަފުތުގާތު ބުނުމުން ޖަވާބުގައި ކުޑަފުތު ބުންޏެވެ. ސުބުހާނަﷲ އެވެ. މަށަކަށް ލާހިކެއް ނޫނެވެ. ރަށުއޮފީހުގެ ހުއްދަ ހޯދައިގެން ނޫނީ ތިޔަކަމެއް ނުވާނެއެވެ. އެއީ، ދާދި މިދާކަށްދުވަހު އޮފީހުން އަންގައިފައި ވަނީ އޮފީހުގެ ހުއްދަ ނުހޯދައި މިރަށުގައި އެއްވެސްތާކު އެއްވެސް މީހަކު އެއްވެސް އެއްޗެއް އިންދައިގެން ނުވާނެކަމަށެވެ. އެހެންވީމާ ކަމަނަ އޮފީހަށްގޮސް ހުއްދަ ހޯދާށެވެ. އެހެންނޫނީ ތިޔަ އުނދުޅިއެއް އިންދާކަށް މަށަކަށް ހަމަލާހިކެއް ނޫނެވެ. އޮފީހުން […]