އިސްލާމް ދީން ގޮވާލަނީ އެކަކު އަނެކަކު ދެކެ ރުޅިނައިސް އުއްމަތް ބިނާކުރުމަށްޓަކައި އަތުގުޅައިލުމަށް- ޚުތުބާ

އިސްލާމީ އުއްމަތާ ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުއްމަތުގެ ވަޙްދަތުގައްޔާއި އެއްބަނޑުއެއްބަފައިކަމުގެ ގެތުންތަކުގައި އެބަ ހުއްޓެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހްދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމެވެ. އެކަމަށް ބޭނުންވާ އީމާންކަމުގެ އަސާސުތަކާއި ޝުޢޫރުތައް ހަރުދަނާކުރުމެވެ. މުސްލިމުންގެ އެއްބައިވަންތަކަމާއި އިސްލާމީ އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ދެވަނަ ކަމަކީ، މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމަށް، އެ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ހިތެހެޔޮކަމުގެ ޝުޢޫރު އާލާކުރުމެވެ. މިކަމާ އަރާރުންވެދާނެ ކޮންމެ ކަމަކާ […]