ދެ ޠުހޫރު ނުލިބުނު މީހާގެ ނަމާދު

އިސްލާމްދީނަކީ ސާފު ޠާހިރުކަމަށް ލޯބިކުރާ ދީނެކެވެ އިސްލާމްދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ނަމާދު ކުރަންޖެހޭނީ ޠަހާރަތުގެ މަތީގައެވެ. އަދި ޝަރީޢަތުގައި ޠާހިރުވުމަށް ކަނޑަ އަޅުއްވާފައިވާ ދެ ވަޞީލަތަކީ ފެނާއި ވެއްޔެވެ. ވުޟޫ ކުރުމަށާއި ހިނައިގަތުމަށް ފެން ނުލިބުން، ނުވަތަ ބޭނުން ކުރާނެ ވަރަށް ފެން ނެތް ހާލަތްތަކުގައި ނުވަތަ ފެން ބޭނުން ކުރެވެން ނެތް ހާލަތުގައި ކުރާނީ ތަޔައްމަމެވެ. ތަޔައްމަމު ކުރަނީ ވެލިން ނުވަތަ އެއާއި އެއްފަދަ (ހިރަފުސް ފަދަ) އެއްޗަކުންނެވެ. ބައެއް ހާލަތްތަކުގައި […]