އިސްލާމްދީނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމް
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އުފައްދަވައި، އިންސާނުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ލެއްވިއެވެ. އަދި އިންސާނުންނަކީ މިބިމުގައިވާ އެންމެ މާތް މަޚްލޫޤުން ކަމުގައި ލައްވައި، މަތިވެރިކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވަނީ " وَلَقَدْ كَرَّمْنَا بَنِى آدَمْ " މާނައީ: "ތިމަންރަސްކަލާނގެ އާދަމްގެދަރީން މާތްކުރެއްވީމެވެ. " އަންހެނުންނާއި ފިރިހެނުން ތަފާތުކުރެއްވުމެއްނެތި އިންސާނުން މާތްކުރެއްވިއެވެ. މިކަމުން އެނގެނީ އިސްލާމްދީނުގައި އަންހެނުންނަކީވެސް މަތިވެރި ބައެއްކަމެވެ. އަދި އަންހެނުންނަކީ ބާކީވެފައިވާ ނިކަމެތި ބައެއްކަމުގައި އިސްލާމްދީން ނުދެކޭކަމެވެ. އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނަކީ އެއްވެސް […]