އެއްމާބަނޑު 4 ދަރިން ބަލަމުން އަންނަ ބައްޕައެއްގެ އަސަރުގަދަ ވާހަކައެއް

ދަރިން ދުނިޔެއަށް އުފަންވާ ވަގުތަށް ކޮންމެ ދެމަފިރިއަކުވެސް އިންތިޒާރު ކުރާނެއެވެ. ކާރލޯސް މޮރެލްސް އާއި އެރިކާގެ ދެމަފިރިން ވެސް އިންތިޒާރު ކުރަމުން އައީ އެ ދެމަފިރިންގެ އެއްމާބަނޑު 4 ކުދިން އުފަންވާނެ ވަގުތަކަށެވެ. އެހެންނަމަވެސް ދަރިން ލިބުމުގެ އުފަލާއެކު އެކުދިންގެ މަންމަ މަރުވުން މިއީ ކާރލޯސް އަށް ހަނދާން ނައްތާލަން އުނދަގޫ ހިތްދަތިކަމެއް ލިބުނު ކަމެކެވެ. 'އިންފޯރ ޑޮޓް ކިވިޑް' ވެބްސައިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކާރލޯސް ވަނީ 2015 ވަނަ އަހަރު ހިނގި މިހިތާމަވެރި މަރުގެ ތަފްސީލް […]