ކަރަންޓް ބިލް ކުޑަކުރެވިދާނެ ގޮތްތަކެއް!

މިއަހަރުގެ މިދުވަސްވަރަކީ ވަރަށް ހޫނު ދުވަސްވަރެކެވެ. ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވާކަން ފާހަގަކުރެވެއެވެ. އެންމެ ބޮޑު ސަބަބަކީ ފިނި މޫސުމާއި ބަލާއިރު ހޫނު މޫސުމުގައި ގިނައިން ކަރަންޓް ބޭނުންކުރެވުމެވެ. ކަރަންޓް ބިލް ކުޑަކުރުމަށް އަމިއްލައަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ކުރެވިދާނެ ކަންތައް މި ރިޕޯޓުގައި ހިމަނާލާނަމެވެ. ގޭގައި ބޭނުންކުރަނީ ރަނގަޅު ލައިޓެއްތަ؟ ގޭގައި ހަރުކޮށްފައި ހުންނަ ލައިޓުތަކަކީ އެންމެ ގިނައިން ބޭނުންކުރާ އެކައްޗެވެ. އެނަރޖީ ސޭވިންގ ލައިޓް ހަރުކުރުމަށް އިސްކަން ދޭށެވެ. […]