ބިރުވެރި ވާހަކަ: އެރެއަށްފަހު (ސާދަވަނަބައި)

ހެނދުނުގެ ހިތްގައިމު ވަގުތަށް ބިލާލް ބޭރަށް ނިކުތީ ފަތިސް ނަމާދުކޮށް އަދި ހެނދުނުގެ ސައިވެސް ބޮއިގެންނެވެ. ހަމަހިމޭންކަން ވެރިވެފައިވާ ގޯތިތޭރޭގައި ހުރި ގަސްތައް ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ބިލާލް ހުރީ ފަތިހުގެ ފިނިވައިރޯޅިން ހިތަށް ގެނުވަމުންދާ އުފާވެރިކަން ހާސިލް ކުރުމަށެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށް އަރައިގެން އަންނަން މާކަގިނައިރެއް ނުވިއެވެ. އިރުގެ ހޫނުކަން ދުނިޔެއަށް ވެރިވަމުންދިޔައެވެ. ބިލާލް ފަތިހު ބޭރަށް ނިކުތް ގޮތަށް ޖޯލިފަތީގައި އޮށޯވެއޮތެވެ. "ހާދަހާ އެކަނިވެރިވެފައި" ނައުފަލްގެ އަޑަށް ބިލާލް ކޮޅަށް […]