ސާމިޔާ: ތަޢުލީމު ހާސިލުކުރެއްވުމަށް ކުރެއްވި ބުރަ ދަތުރުން ލިބުނު ކާމިޔާބީއިން ދައްކަވާ ހިތްވަރު!

އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ، މިނަމަކީ ވަރަށް ގިނައިން ރޭޑިއޯ ޕްރޮގްރާމްތަކުން އިވޭ ނަމެކެވެ. ޓީވީ ޕްރޮގްރާމްތަކުން ވެސް ސާމިޔާ ފެނެއެވެ. އެންމެ ފާހަގަކުރެވެނީ އިސްލާމްދީނާއިމެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރައްވާ މަސައްކަތެވެ. ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ރަށްރަށަށް ވަޑައިގެން ދަރުސް ދިނުމުގެ އިތުރުން ޖަލުތަކުގައި ތިބި ގައިދީންނަށްވެސް ދަނީ މައުލޫމާތު ދެމުންނެވެ. ސާމިޔާ އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ އެކެވެ. ސާމިޔާގެ ދަރިވަރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. 'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ […]