މޫނުގައި ހުންނަ 'ބްލެކްހެޑްސް' ނައްތާލުމުގެ ހައްލު ހޯދަމާ

ނޭފަތުގައި އާއްމުކޮށް 'ބްލެކްހެޑްސް' ނުވަތަ ކަޅުކުލައިގެ ތިކިތަކެއް ހުންނާތީ ވަރަށް ގިނަ މީހުން ކަންބޮޑުވެއެވެ. މިގޮތަށް ހުންނަ ހުރުމުން މޫނު އެހާ ސާފު ނޫންކަމަށްވެސް ދައްކައެވެ. ގޭގައި މިކަމަށް ފަރުވާ ހޯދާލުމުގެގޮތުން ކުރެވިދާނެ 2 ކަމެއް ހިމަނާލާނަމެވެ. ބްލެކްހެޑްސް ނުވަތަ ވައިޓްހެޑްސް ނައްތާލުމަށް ކުކުޅުބިހުން ތައްޔާރު ކުރެވިދާނެ މާސްކް ކުކުޅުބިހުގެ ހުދުބަޔާއި ރީނދޫބައި ވަކިކޮށްލާށެވެ. އެއަށްފަހު ބްލެކްހެޑްސް އަދި ވައިޓްހެޑްސް ހުރި ތަންތަނުގައި ފިއްސަކުން ބިހުގެ ހުދުބައި ހާކާލާށެވެ. ކުޑަ ޓިޝޫކޮޅެއް ނުވަތަ ތުނިކޮށް ކަފަކޮޅެއް ތަތްކޮށްލާށެވެ. […]