މައިންބަފައިންނަށް އެހީތެރިވެ އަޅައިލުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް ވާޖިބެއް – ހުކުރު ޚުތުބާ

އިންސާނީ ނަސްލު ދެމިއޮތުމަށްޓަކައި މާތް ﷲ މެދުވެރިކުރައްވާފައި ވަނީ މައިންބަފައިންނެވެ. އެހެންކަމުން މާތް ﷲ އަށް އަޅުކަންކުރުމަށް ގޮވާލެއްވި އަމުރުފުޅާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ވަނީ އަމުރުކުރައްވާފަ އެވެ. ކީރިތިވަންތަ ﷲ އަށް ފަހު ތިބާގެ މައިންބަފައިންނަށް ވުރެ ތިބާއަށް ވަކިން ބޮޑު ހެޔޮކަމެއް ކޮށްދިން ދެވަނަ ފަރާތެއް ވާނެބާވައެވެ؟ ކުޑައިރުއްސުރެ ތިބާ ބަލައި ބޮޑުކުރީ އެ ދެ މީހުންނެވެ. އެމީހުންގެ އުފަލާއި އަރާމަށްވުރެ އިސްކަމެއް ދީފައިވަނީ ތިބާ ދުޅަހެޔޮ […]
ކުޑަކުދިންގެ ހާދިސާ: އަރުހަމް އާއި ދޮންކެޔޮ

އަރުހަމް އަކީ ވަރަށް ކުޅިވަރު ކުޅޭ ހިތްވާ ކުއްޖެކެވެ. އަރުހަމް ކިޔަވަނީ ގްރޭޑް 7 ގައެވެ. ސްކޫލުގެ ފަރާތުން ބާއްވާ އެކި ކުޅިވަރު މުބާރާތްތަކުގައި ވެސް އަރުހަމް ބައިވެރިވެއެވެ. އެކަމަކު ހުންނަނީ ކުޑަކޮށް ފަލަކޮށް ޗަބީ ކޮންނެވެ. އަރުހަމް އަށް ފޮނި ބާވަތްތައް ވަރަށް މީރެވެ. މައިލޯ އާއި ކިރު އޮލަކޮށް ގިރައިގެން އައިސް ކްރީމް ކާގޮތަށް ސަމުސަލުން ވެސް އަރުހަމް ވަރަށް ގިނައިން ކައެވެ. ދޮންކެޔޮ ކާއިރުވެސް އަރުހަމް ކާނީ ގެރިކިރާއި އެއްކޮށްގެންނެވެ. އަރުހަމްގެ މަންމަ […]