ބިރުވެރި ވާހަކަ: އެރެއަށްފަހު (ފަނަރަވަނަބައި)

ކިރިޔާ ވަގުތެއް ލިބޭއިރަށް ނައުފަލް އައިސް ހުންނަނީ ބިލާލްމެންގެ ގާތުގައެވެ. ރީޝާ އާއި ގާތް ގުޅުމެއް ބާއްވަން މިހާރު ނައުފަލް ބޭނުންވެއެވެ. އެހެން ނޫނިއްޔާ ނައުފަލްމެންނަކަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެކަމުގެ އިހުސާސް ކުރެވޭތީއެވެ. "ދޮންތަ އެބަގޮވާ" ނައުފަލް ގައިގައި ކޮއްޓައިލީ ރީމާގެ ކޮއްކޮ އެކެވެ. ނައުފަލް ލަސްވެގެން ބަލާ ފޮނުވީއެވެ. "މިތާ މަޑުކޮއްބަލަ. މީހުން އަންނަ ގަޑީގަ ވެސް ތިހުންނަނީ އެހެންކަމެއްގައި" ރީމާ ހިތްހަމަ ނުޖެހުމުގެ ކުލަވަރެއް މޫނުމައްޗައް ދައްކައިލިއެވެ. އެންމެންގެ ތެރޭގައި ފޯރިނަގަމުން ދިޔައީ އެވަގުތު […]