ހަސަންފުޅާއި ކުކުޅު

އެއްސަހަރެއްގައި އުޅުނު ހަސަންފުޅު ކިޔާ މީހެކެވެ. މީނާއަކީ ކުކުޅު ގެންގުޅެމުން އައި ވަރަށް ހީވާގި މީހެކެވެ. މީނާގެ މަސައްކަތަކީ ގޭގައި ކުކުޅުކޮށި ބަހައްޓައިގެން ކުކުޅަށް ކާންދީ ކުކުޅު ބިސް އަޅުވައިގެން ކުކުޅުބިސް ވިއްކުމެވެ. ހަސަންފުޅަކީ ހަޔާތުގެ ބައިވެރިއެއްވެސް ނެތް މީހަކަށްވާތީ އޭނާގެ އުފަލަކީވެސް މަސައްކަތަކީވެސް އޭނާ ގެންގުޅޭ ކުކުޅުތަކެވެ. އެއްދުވަހަކު ހަސަންފުޅު ނަމާދަށްގޮސް ހުއްޓާ ދިމާވި ހަސަންފުޅުގެ ރަހުމަތްތެރިޔާ ހަސަންފުޅާ ދިމާލަށް ބުންޏެވެ. ހަސަންކުޅާއެވެ. ކަލޭ ކުކުޅު ގެންގުޅުން ހުއްޓާލާފައި ތިމަންނައާއި އެކު މަހަށްދާން ހިނގާށެވެ. އެކަމަކު […]