އެންމެ ބޮޑު ޖިހާދަކީ ތިބާގެ ނަފްސާއި ކުރެވޭ ޖިހާދު

މާތްﷲގެ މަގުގައި ކުރެވޭ ޖިހާދަކީ މަތިވެރި ޖިހާދެކެވެ. މި ދީން ހިމާޔަތް ކުރުމަށްޓަކައި ޢަދުއްވުންނާއި ކުރިމަތިލައި ކުރެވޭ ޖިހާދެވެ. ކާފަރުންނާއި ކުރިމަތިލައި ހަނގުރާމަ ކުރަނީ އަހަރެމެންގެ ޢަދުއްވުން ބަލިކުރުމަށްޓަކައެވެ. ނަމަވެސް ޢަދުއްވުންނާއި ކުރިމަތިލައި ކުރެވޭ ޖިހާދަށްވުރެ ތިބާގެ ނަފްސާއި ކުރާ ޖިހާދު ވަރުގަދައެވެ. ބޮޑެވެ. ސަބަބަކީ ކާފަރުންނާއި ކުރާ ޖިހާދު ކުރެވެނީވެސް އަމިއްލަ ނަފްސާއި ޖިހާދު ކުރުމަށްފަހުގައެވެ. ހަނގުރާމައިގެ މައިދާނުގައި ނަފްސު ގަތުލުވެދާނެ ބިރާއި، އަނިޔާ ލިބިދާނެ ބިރަށްޓަކައި ހަނގުރާމަ ކުރުމަކީ ނަފްސު އެދޭ ކަމެއްނޫނެވެ. އެއީ […]