ބިރުވެރިވާހަކަ: އެރެއަށްފަހު (ސޯޅަވަނަބައި)

އުފަލުން ފޮޅިފައިހުރި ނައުފަލް ބޭނުންވީ ރީމާގެ އާއިލާއަށް ސަޕްރައިޒެއްގެ ގޮތުގައި މި ޚަބަރު ދޭށެވެ. ރީމާވެސް ބޭނުންވީ ހަމަ އެގޮތެވެ. ޑޮކްޓަރަށް ދައްކާ ނިމުމާއި އެކު ދެމީހުންވެސް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ކޮންމެވެސް ކަހަލަ ކަމެއް ގޭތެރޭގައި ބާއްވާލާފައި މަންމަމެންނަށް އެޚަބަރު ދިނުމަށެވެ. ބައްޕަ ގޭގައި ނޫޅޭ ވަގުތު ބަލާފައި ގެއަށް ދިޔައީވެސް އެވާހަކަ އަކީ ސަޕްރައިޒެއްގެ ގޮތުގައި ބޭއްވުށެވެ. "ހާދަހާ އުފާވެފައޭ" ރީމާގެއަށް ވަންތަން ފެނުމުން އެވަގުތު ގޭގައި އުޅުނު ތިމާގެ ކުއްޖެއްކަމަށްވާ ނީނާ […]