ޑރ. ޝިފާންގެ ލިޔުއްވުމެއް: އެޗް.ޕީ.ވީ ވެކްސިންގެ މުހިންމުކަން އެނގެނީ ކިހާވަރަކަށް؟

އެޗް.ޕީ.ވީ ވައިރަސް އަކީ ކޮބާ؟ ހިޔުމަން ޕެޕިލޯމާ ވައިރަސް (އެޗް.ޕީ.ވީ) އަކީ އާންމުކޮށް ޖިންސީ ގުޅުމުން ގައިންގަޔަށް އަރާ ވައިރަސް އެކެވެ. މި ވައިރަސްގެ ބައެއް ވައްތަރުތަކަކީ ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އަނގަޔާ، ކަރުތެރެޔާ، ނޭފަތުގެ އެތެރެ، ކުރިމަތިފަރާތް އަދި ފުރަގަސްފަރާތު ދޮރަށް ކެންސަރު ޖެހުމަށް މަގުފަހި ކޮށްދޭ ވައިރަސް އެކެވެ. އެޗް.ޕީ.ވީ އަކީ އެއް ވައްތަރަކަށް ނިސްބަތްވާ ގުރޫޕެއްގެ ވައިރަސް ތަކަކަށް ކިޔޭ ނަމެކެވެ. މިއީ ސަތޭކަޔަށްވުރެ ގިނަ […]