ބިރުވެރި ވާހަކަ: އެރެއަށްފަހު (ސަތާރަވަނަބައި)

ބިލާލަށް ފާޑަކަށް ލޯ އަޅައިގެން އިނެވެ. ބިލާލަށް އޭނަ ފެންނަ ކަމަށްވެސް ނުހަދާ ވަދެގެން ދިޔައީއެވެ. ފަހަތުން ރީޝާވެސް ބާރުބާރަށް ހިނގައިގަތީ އެ ފަންޑިތަ ހަދާ މީހާގެ ލޯމަތިން ގެއްލޭތޯއެވެ. ބިލާލްމެން ގޮސް ވަނީ ނައުފަލްމެންގެ ކޮޓަރިއަށެވެ. އެނދުމަތީގައި އެ ކުޑަ ދަރިފުޅު ހެވިފައި އޮތްއިރު ކައިރީގައި ރީމާ އިނެވެ. "ކޮބާ އަދި ކިރިޔާދޯ ތިދައްކާލީ" ރީމާ ގޮސް ރީޝާ އަތުގައި ހިފައިގެންގޮސް އެނދުގައި ބެއިންދިއެވެ. "ރަނގަޅު އިރުވަރަކަށް ބަލާފައި މިއައީ" ބިލާލް އަތުގައި ހުރި ހަދިޔާ […]